theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝިފާއުﷲ / ސޯޝަލް މީޑިއާ
ހަބަރު
އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުގެ ބޭބެ، ގއ. ކޮލަމާފުށީ އެމްޓީސީސީ ސައިޓު މެނޭޖަރ ޝިފާއުﷲ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
27 ޖޫން 2025
މާލެ ސިޓީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑީއެމްޑީ ޝުއާއުﷲ ސައީދުގެ ބޭބެ، ގއ. ކޮލަމާފުށީ އެމްޓީސީސީ ސައިޓު މެނޭޖަރެއްގެ ގޮތުގައި ހުރި ޝިފާއުﷲ ސައީދު މަސްތުވާ ތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.

ކޮލަމާފުށިން "ތޭރަ އޮންލައިން" އާ މައުލޫމާތު ހިއްސާ ކުރި ފަރާތުން ހާމަކުރި ގޮތުގައި މީގެ 2 ދުވަސް ކުރިން އެ ރަށު އެމްޓީސީސީ ސައިޓު މެނޭޖަރު މަސްތުވާތަކެއްޗާއެކު ވަނީ ހައްޔަރުކޮށްފައި ކަމަށާ ހައްޔަރު ކުރިއިރު ހުރީވެސް އެމްޓީސީސީ ޔުނިފޯމުގައި ކަމަށެވެ.

މަސްތުވާތަކެތި ކޮލަމާފުއްޓަށް އެތެރެ ކުރަން ޝިފާއު މަސައްކަތްކޮށްފައިވަނީ މަސްފޮށި ގަނޑެއްގައި މަހާ މަހުގެ ހަންގަޑާ ދޭތެރޭ މަސްތުވާތަކެތި ރައްކާކޮށްގެން ކަމަށް ވެއެވެ.

ޝިފާއު ހައްޔަރު ކުރިތާ ދެ ދުވަސްވީއިރުވެސް ފުލުހުން އޭނާގެ ވަނަވަރު ހާމަކޮށްފައިނުވާތީ އާ އަދި ކޮލަމާފުށީގައި އެފަދަ ކަމެއް ހިނގާ ދިޔަކަން ވެސް ކުޑަމިނުން މީޑިޔާއާ ވެސް ހިއްސާކޮށްފައި ނުވާތީ ތޭރަ އޮންލައިންގެ ފަރާތުން އެކަމާ ގުޅިގެން ފުލުހުންގެ މީޑީޔާއާ ސުވާލުކުރުމުން ވަނީ ޖަވާބު ދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހު ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 ޖޫން 2025 ވަނަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންއެއްގައި އާރުޓީއެލް ފެރީގައި ގއ. ކޮލަމާފުއްޓަށް އައި އެ ރަށު ދޮންވެލި، 44 އަހަރުގެ ޝިފާއުﷲ ސައީދު ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެނައި ފޮށި ގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަންގައި ޝިފާއުﷲ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަކަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި ކަނާއަތު ކަކުލާއި އުޅަނބޮށި މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޝިފާއުﷲ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ކޮލަމާފުށިން މައުލޫމާތު ދިން ފަރާތުން ހާމަކުރި ގޮތުގައި ޝިފާއުމެންގެ އާއިލާއަކީ ފުޅާ ދާއިރާއެއްގައި ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އާއިލާއެކެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހައްޔަރުކުރުމަށް ފަހު ދޫކޮށްލަނީއެވެ.

ޝިފާއު ހައްޔަރުކުރުމާ ގުޅިގެން އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ޝިފާއުއަށް ވަޒީފާ ދީފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު އައިސް ޝުއާއުގެ ނުފޫޒުން ކަމަށްވެއެވެ. ޝިފާއު ކޮލަމާފުށީ އެމްޓީސީސީ ސައިޓު މެނޭޖަރަކަށް ހުންނަނީ 35000 ރުފިޔާގެ މުސާރައަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ޝިފާއުއާ މެދު މާ ބޮޑު ފިޔަވަޅެއް ނާޅާނެ ކަމަށް އެރަށު މީހުން ދެކެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved