April 24, 2026
Advertisement
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް

މި ސަރުކާރުން ބޮޑުކޮށް ވައްކަން ކުރަން ފަށައިފި:މަލީހު

Fathmath Reem
ފާތުމަތު ރީމް
Feb 22, 2024, 05:45 PM
މާލެ ސިޓީ

މި ސަރުކާރުން ބޮޑުކޮށް ވައްކަން ކުރަން ފަށައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަޔަކީ ރައްޔިތުންގެ ބާރު ކަމަށާއި މި ސަރުކާރުން ބޮޑުކޮށް ވައްކަން ކުރަން ފަށައިފި ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ދެފުށް ފެންނަ ގޮތަށް އަމަލުތައް ބައްޓަން ކުރާނެ ކަމަށް ބުނަމުން އައި ސަރުކާރުން ޕްރޮޖެކްޓެއް ހަވާލު ކުރެވޭ އިރު އޭގެ ތަފްސީލް ވެސް ހާމަ ނުކުރާ ކަމަށެވެ. އަދި މީގެ އިތުރުން ޕްރޮޖެކްޓުތައް ހަވާލު ކުރެވޭ ފަރާތްތަކުގެ ޑިއު ޑެލިޖެންސްއާ އޭގެ ތަފްސީލާ އަގު ވެސް ހާމަ ނުކުރާ ކަމަށެވެ.

މި ސަރުކާރުން ހަމަ ބޮޑު ތަނުން ވައްކަން ކުރަން ފަށައިފި ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved