

މާލޭގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ގިނައުޅަނދުތަކެއް ދާދި ފަހުން ފުލުހުން ދަނީ ޓޯވ ކުރަމުންނެވެ. އެގޮތުން މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން އެކަނިވެސް މިހާތަނަށް ވަނީ ޖުމުލަ 420 އުޅަނދު ޓޯވ ކޮށްފައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
ފުލުހުން ހާމަކުރިގޮތުގައި، އެއީ މަޖީދީމަގުން ޓޯވކުރި ދެ ފުރޮޅުލީ 216 އުޅަނދާއި ހަތަރު ފުރޮޅުލީ 2 އުޅަނދުގެ އިތުރުން ބޮޑުތަކުރުފާނުމަގުން ޓޯވކުރި ދެ ފުރޮޅުލީ 164 އުޅަނދާއި ހަތަރު ފުރޮޅުލީ 38 އުޅަނދު ކަމަށެވެ.
މިދިޔަ މަހު ފުލުހުން ބުނެފައިވާ ގޮތުގައި މަޖީދީމަގާއި، ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރެވޭނެ ކަމަށެވެ.
މިމަގުތަކުގައި ގަވާއިދާ ހިލާފަށް މިގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާތީ، މިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.