

މާލެއިން ފިިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ހޯދަމުން އަންނަނީ ފުވައްމުލަކު، ހޯދަޑު، ސާމީ އަބްދުލްހަމީދެވެ. އުމުރުން 34 އަހަރުގެ އެ މީހާގެ ޚަބަރެއް އެންމެ ފަހުންވީ މިދިޔަ މަހުގެ 25 ގަ އެވެ.
ފުލުހުން ބުނީ ޖޫން 25 އިން ފެށިގެން ސާމީގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓުކުރީ އިއްޔެ އިރުއޮއްސުނުހާއިރު ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ އެކު، ކަމާ ގުޅުން ހުރި އިދާރާތަކަށް ހިއްސާކޮށް، ސާމީ ހޯދުމުގެ މަސައްކަތްކުރި ނަމަވެސް މިހާތަނަށް އޭނާ ނުހޯދޭ ކަމަށް ފުލުހުން ބުންޏެވެެ.
އެހެންވެ، ސާމީއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައިވެ އެވެ.