April 30, 2026
Advertisement
އެމެރިކާގެ ސެނެޓު
އެމެރިކާގެ ސެނެޓު / ބީބީސީ

ޓްރަމްޕްގެ "ބިގް ބިޔުޓިފުލް ބިލް" އެމެރިކާގެ ސެނެޓުން ފާސްކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 5, 2025, 06:59 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި 'ބިގް ބިއުޓިފުލް ބިލް' ހަނި އަގުލަބިޔަތަކުން ސެނެޓުން ފާސްކޮށްފި އެވެ.

Advertisement

އެމެރިކާގެ ކޮންގްރެސްގެ ދަށު ގެއިން ބުރާސްފަތި ދުވަހު ނެގި އެ ވޯޓުގައި އެ ބިލާ އެއްކޮޅަށް 218 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 214 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ 212 މެންބަރުން ވެސް ވަނީ އެ ބިލާ ދެކޮޅު ހައްދަވާފައެވެ. އެ މެމްބަރުންނާއެކު ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީން ވަކިވެވަޑައިގަތީ ކެންޓަކީގެ މަންދޫބުން ކަމަށްވާ ތޯމަސް މެސީ އާއި ޕެންސިލްވޭނިއާގެ ބްރައިއަން ފިޓްސްޕެޓްރިކްއެވެ.

ކޮންގްރެސްގެ ކޮންޓްރޯލް އޮންނަނީ ރިޕަބްލިކަން ޕާޓީއަށެވެ. އެ ބިލުގެ ފައިނަލް ނިންމުން ނިންމައި އެ ބިލްގައި ޓްރަމްޕް ސޮއި ކުރެއްވީ އެމެރިކާގެ މިނިވަން ދުވަހާއި ދިމާކޮށް އިއްޔެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެ ބިލުގައި ވާ ގޮތަށް ޓެކްސް ކުޑަކުރުމުން މައިގަނޑު ގޮތެއްގައި ފައިދާ ކުރާނީ އެންމެ މުއްސަނދިންނަށް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ނަމަވެސް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި ބިލުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިއަރައި، މެޑިކެއިޑް ފަދަ ޕްރޮގްރާމްތަކުގައި އިސްރާފުކުރުމާއި ހަދާ މަކަރާއި ހީލަތް ކުޑަކުރެވޭނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved