April 10, 2026
Advertisement
ސައުދީން ރާއްޖެ ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ
ސައުދީން ރާއްޖެ ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ / ރައީސް އޮފިސް

ސައުދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް އާ ސަފީރެއް ފޮނުއްވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 6, 2025, 06:04 PM
މާލެ ސިޓީ

ސައުދީ އަރަބިއްޔާއިން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް މިއަދު އަރުވައިފި އެވެ.

Advertisement

ރައީސް އޮފީހުން ބުނި ގޮތުގައި، ސައުދީގެ އާ ސަފީރު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުއްއަޒީޒް އާލް ސުއޫދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުއްއަޒީޒް އާލް ސުއޫދަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސައުދީން ރާއްޖެ އަށް އާ ސަފީރެއް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި މަޓްރެކް ބިން އަބްދުالله އަލްއަޖަލީން އަލް ދޯސަރީގެ ދައުރު މިދިޔަ އޭޕްރީލް މަހު ހަމަވުމުންނެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން އުފެދުނީ މާޗު 17، 1981 ގަ އެވެ. އެ ގުޅުމަށް މި އަހަރު ވަނީ 44 އަހަރު ފުރިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved