theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސްކޭމް އެވައާނެސް ސެޝަން އެއް ފުލުހުން ކުރިއަށް ގެންގޮއްސި / ޕޮލިސް
ހަބަރު
ފުލުހުން ފެނުމުން ދުއްވަންއިން މީހާ ބަދަލުކުރި މައްސަލައިގައި ފިޔަވަޅުއަޅައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
06 ޖުލައި 2025
މާލެ ސިޓީ

ފުލުހުން ފެނުމުން ސައިކަލު ދުއްވަން އިން މީހާ ބަދަލުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ފިޔަވަޅު އަޅައިފިއެވެ.


އަންހެނަކު ވަނީ މީސް މީޑިއާގައި ފުލުހުން އަމަލު ކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ލައިސެންސް އޮތަސް ނެތަސް ސައިކަލު ހިފަފައްޓާ ޓޯކުރާ ކަމަށާ ފުލުހުން ވާހަކަ ދައްކަނީ ބާޒާރު މަތީ ބަހުރުވައިން ކަމަށް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ. އަދި ހިފަހައްޓާ ސުވާލު ކުރަނީ ސައިކަލުގެ ފަހަތުގައި އިންނަ މީހާއާ ކަމަށާއި އެއީ ކޮން އިންސާފެއް ތޯ ވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ވަނީ އެކަން ވީގޮތް ސާފުކޮށްދީފަ އެވެ.

އެ ޕޯސްޓާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ސައިކަލު ފަހަތުގައި އިން މީހާއާ ސުވާލުކޮށް ފިޔަވަޅު އަޅާފައިވަނީ ފުލުހުން ފެނުމުން ދުއްވަން އިން މީހާ ބަދަލުކުރުމާއި ގުޅިގެން ހުއްޓުވައި ބެލިއިރު ލައިސެންސް ނެތް މީހަކު އުޅަނދު ދުއްވާފައިވާތީ ކަމުގައެވެ.

އެގޮތުން މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އުސޫލު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފިޔަވަޅު އެޅި ނަމަވެސް އެޅި ފިޔަވަޅެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved