theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުހައްމަދު ނަބީލް - ޔާޔާ / ފޭސްބުކް
ހަބަރު
ޔާޔާ ނަބީލު ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖުލައި 2025
މާލެ ސިޓީ

އަންހެން ހެދިގެން ޓިކްޓޮކްގައި ބޭއަދަބީ ވައްތަރުތައް ޖައްސަމުން އައި މުހައްމަދު ނަބީލު (ޔާޔާ ނަބީލް) ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކިންގެ ކުށް ސާބިތުވެއުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޔާޔާގެ މައްޗަށް މި ހުކުމް އައީ އޭނާ އާއި އާދަމް މުހައްމަދު، ހދ. ކުޅުދުއްފުށީ/ބިޗާނާ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31، 2017 ގައި އެ މީހުން ތިބި މއ. ބްރައިޓްބްލޫ ގޭގައި ހުންނަ ކުއްޔަށްދޭ ކޮޓަރިއަކަށް ގޮސް ދޮރުގައި ޓަކި ޖެހުމުން ވެސް ނުހުޅުވުމުން ގަދަކަމުން ދޮރު ހުޅުވައިގެން ވަދެ ބެލި އިރު މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ޔާޔާގެ ގެ ކަމަށްވާ ގ. ކަމަރާ ގެއިން ޑްރަގް ފެނުނު މައްސަލައެއްގަ އެވެ.

މީގެ އިތުރުން، ނަބީލް ދިރިއުޅޭ ގ. ކަމަރާގޭގެ ކޮޓަރިން 31 ގްރާމް ޑައިމޯފިން އާއި 231.3 ގްރާމްގެ ކެނެބިސް އަދި 25.7 ގްރާމްގެ ކެނަބިސްއާއި އެހެން ކޮތަޅަކުން 85.8 ގްރާމްގެ ކެނެބިސް ފެނުނު ކަމަށް ދައުވާގައިވެއެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފައެވެ.

ނަބީލަކީ މީގެ ކުރިން ވެސް ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ.

ސެޕްޓެމްބަރު 2021ގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރި މައްސަލައެއްގައި އޮރިޔާން ކާޑު ހެދުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވެ، އެއް އަހަރަށް އޭނާ ވަނީ ޖަލަށް ލާފަ އެވެ. އެ ހުކުމް ކުރީ 2022ގެ ތެރޭގަ އެވެ.  

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?