

އއ. ރަސްދޫ ކަސްޓޯޑިއަލްގައި އޮތް ކުށްވެރި އަކު ފިލަގެން ގޮސްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ރަސްދޫ ކަސްޓޯޑިއަލް އިން ފިލާފައިވަނީ އއ. ހިމަންދޫ އިން މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ރަސްދޫ ކަސްޓޯޑިއަލް ގައި ހައްޔަރުކޮށްފައި ހުރި ހިމަންދޫ/ ސަންސެޓް އުމުރުން 40 އަހަރުގެ އަހުމަދު މުއާޒު އެވެ. މުއާޒު އަކީ ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މުއާޒު ހޯދުމުގެ މަސައްކަތް ރަސްދޫ ފުލުހުންނާއި އެ އަތޮޅުގެ ޕޮލިސް ކޮމާންޑުން އަންނަނީ ކުރަމުން ނެވެ.
ރަސްދޫ ކަސްޓޯޑިއަލް އިން މީހަކު ފިލ މައްސަލައެއް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ގެއްލުނު މީހާ ހޯދީ އެ ސަރަހައްދުގެ ރިސޯޓަކުން ނެވެ.
މިކާމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.