އއ. ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ބެލެވޭ ދެ ކުދިން، އިތުރު ކުދިންނަށް އަނިޔާކުރާ ވީޑިއޯތަކެއް ދައުރުވަމުންދާތީވެ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ތަރާވީސް ނަމާދު ކުރިއަށް ދިޔަ ގަޑީގައި އއ ރަސްދޫގައި ކުއްޖަކަށް އަނިޔާ ދިން ދެ ކުދިންނާ ގުޅުން ހުރި އިތުރު ވިޑީއޯތަކެއްވަނީ ރޭގެ ވަގުތެއްގައި އަނެއްކާ ދައުރުވެފައެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރޭ ވީޑިއޯއިން ފެނުނު ކުދިންނަށް ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ.
އެގޮތުން ވީޑިއޯއިން ފެންނަ ކުދިންނާ ގުޅިގެން އެކި ކަހަލަ މައުލޫމާތު ލިބެމުންދާ ކަމަށާ ލިބިފައިވަނީ އަދި ލިބެމުންދަނީ އެންމެ ވީޑިއޯއެއް ނޫންކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ. ނަމަވެސް މައްސަލައަކީ ބަލަމުންދާ މައްސަލައަކަށްވާތީ އިތުރު މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ.