theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕޮލިސް ހެޑް އޮފީސް / ޕޮލިސް
ހަބަރު
ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯން ސަރަހައްދުގައި ދުން ބޯ ވެފައިވާތީ ސަމާލުމަށްވުމަށް އިލްތިމާސްކޮށްފި
Ali Haaji
އަލީ ހާޖީ
10 ޖުލައި 2025
ހުޅުމާލެ ފޭސް 1

ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ ހިސާބުގައި ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ އާއި އަދި ހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ވަޑައިގަންނަވާ ބޭފުޅުން މަގު ބޭނުންކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވައި އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ މާސްކު އެޅުއްވުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފަައިވެއެވެ

ދިވެހި ފުލުހުންގެ ޚިދުމަތުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާ އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން އަމަލު ކުރެއްވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved