theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝިއުނާ، ރާއިފް އަދި މަލްޝާ / ތޭރަގްރެފިކްސް
ހަބަރު
މަލްޝާ އާއި ޝިއުނާއަށް ސޯޝަލް މީޑިއާގައި ފާޑުކީ ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
10 ޖުލައި 2025
މާލެ ސިޓީ

ޔޫތު މިނިސްޓްރީގެ ނައިބުންގެ ގޮތުގައި ތިބެ އަވައްޓެރި ގައުމެއްގެ އިސްވެރިންނަށާ އެ ގައުމުގެ ސަގާފަތަށް ހަޖޫ ޖަހާ މަލާމާތްކޮށް ދިވެހި ދައުލަތަށް އެތައް ގެއްލުމެއްދިން، މަރިޔަމް ޝިއުނާއާ މަލްޝާ ޝަރީފުއަށް ފާޑުކީ ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރީ އެ މީޑިއާގައި ފޮޓޯގްރާފަރެއްގެ ވަޒީފާގައި އަދާ ކުރަމުންދިޔަ ރާއިފް ޔޫސުފް ނަމަކަށް ކިޔާ މުވައްޒަފަކެވެ.

ވަޒީފާއިން ވަކިކުރިކަން އަންގައި ރާއިފްއަށް މިއަދު ދިން ލިޔުމުގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ޕްރޮބޭޝަން ފުރިހަމަ ނުވާތީ ކަމަށް ދައުލަތުގެ މީޑިޔާއިން އެންގި ނަމަވެސް އޭނާ ވަޒީފާއިން ކަނޑައިލީ ސޯޝަލް މީޑިއާގައި މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމުން ކަމަށް ރާއިފުއާ ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިއެވެ.

ރާއިފު ވަޒިފާއިން ވަކިކުރީ މަލްޝާއާ ޝިއުނާއަސް ފާޑުކިޔާ މީސް މީޑިޔާގައި ކުރި ކޮމެންޓަކާ ގުޅިގެން ކަމަށްވެއެވެ. އެގޮތުން އޭނާ ވަނީ "ހަނގުރާމަ އަށްވުރެ އެމްޑީޕީއާ ހެދި ގައުމަށް ލިބޭ ގެއްލުން ބޮޑު: ފަލާހު" މި ސުރުހީގެ ދަށުން ފޭސްބުކްގައި ސަން އޮންލައިން އިން ޝާއިއު ކޮށްފައިވާ ހަބަރެއް ހިއްސާކޮށް، "އިންޑިއާ އާ ޖައްސާލައި މަލްޝާ އާއި ޝިއުނާ ކުރި ކަންތައްތަކުން ޓޫރިޒަމްއަށް ލިބުނު ގެއްލުން ކުޑަތޯ" އަހާ ސުވާލެއްގެ ގޮތުގައި ކޮމެންޓެއް ދޫކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެކްސްގައި އެ ކޮމެންޓުކުރުމުން ސީދާ ނިއުސް ރޫމުގެ އިސްވެރިންތަކެއް އޭނާއަސް ގުޅިއެވެ. ނަމަވެސް އެއީ ރާއިފު ނިދާފައި އޮތް ގަޑިއެއްކަމުން އެ ކޯލަށް ޖަވާބު ނުދެވި ފަހުން އެ އަނބުރާ ކޯލު ރިޓާން ކުރުމުން އެކްސް ޕޯސްޓާ ގުޅިގެން ސުވާލު ކުރި ކަމަށްވެއެވެ. އެ ކޮމެންޓު ކުރުމުން ޕީއެސްއެމް ނިއުސް ރޫމްގެ އިސްވެރިންގެ ހިތްހަމަނުޖެހުން ހުރިކަން އެނގުމުން އެ ކޮމެންޓު ވެސް ރާއިފު ވަނީ ޑިލީޓުކޮށްލާފައިކަމަށްވެއެވެ.

އޭގެ ތިން ފަހުން އެޗްއާރަށް ހާޒިރުވާން އެންގުމުން ހާޒިރުވުމުން ސަން އޮންލައިންގެ ހަބަރަށް ކޮށްފައި އޮތް ކޮމެންޓާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް ސޯޝަލްމީޑިއާގައި ސިޔާސީ ހިޔާލު ފާޅު ނުކުރެވޭނެ ކަމަށް އެޗްއާރުން އެންގި ކަމަށްވެއެވެ. އަދި އޭނާގެ ކޮމެންޓުން އޭނާއަކީ އެމްޑީޕީ ފިކުރުގެ މިހެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށާ އެ ދުވަހު ޕީއެސްއެމްގެ އެޗްއާރުން އޭނާއަށް އަނގަ ބަހުން އިންޒާރުދިން ކަމަށްވެސް ވެއެވެ. ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ބުނެ ނަސޭހަތްތެރިވި ކަމަށްވެސް ވެއެވެ.

އެ މުއްދަތުގެ ތެރޭގައި، ދީނީ އިލްމު ފެތުރުމުގެ މަސައްކަތުގައި އުޅޭ، އަލީ ރަމީޒްގެ ފޭސްބުކް ޕޭޖުން ކޮށްފައި އޮތް ޕޯސްޓަކަށް އިންޝާالله ޖަހާފައި އޭނާ ކޮމެންޓު ކުރި މައްސަލަ ވެސް ޕީއެސްއެމްގެ އިސްވެރިންގެ ތެރޭގައި ހިލުނު ކަމަށްވެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްއިން ބުނެފައިވަނީ ރާއިފް ކަނޑާލީ ވަޒީފާއަސް ފަރުވާ ކުޑަކޮށްގެން ކަމަށެވެ.

މި ޚަބަރު އޮންލައިން ނޫހެއްގައި ޝާއިއުކުރުމުން މަލްޝާ މިކަން ދޮގުކޮށްފައިވެސް ވެއެވެ. ނަމަވެސް ރާއިފުއާ ސުވާލުކުރުމަށް ގެންދިޔައިރު ރާއިފު ޝިއުނާއާ މަލްޝާއާ ގުޅިގެން ކުރި ކޮމެންޓާ ގުޅިގެން އިންޓަގޮރޭޓުކުރުމަށް އެ ކޮމެންޓުގެ ސްކްރީން ޝޮޓެއް ކޮޕީ ނަގާ ބޭނުންކުރިކަން ހާމަވާ ފޮޓޯވެސް މި ނޫހަށް ވަނީ ލިބިފައެވެ.

ރާއިފް އެޗްއާރްއަށް ހާޒިރު ކުރި އިރު އޭނާ ކުރި ކޮމެންޓް ޕްރިންޓުކޮށް އިންޓޮގްރޭޓުކުރި

ޝިއުނާއާ މަލްޝާއަށް ފާޑުކިޔައިގެން ރާއިފު ވަޒީފާއިން ވަކިކުރި ކަމަށް ރިޕޯޓުކޮށްފައިވާއިރު، ޝިއުނާއާ މަލްޝާ އިންޑިއާގެ ނަރެންދްރަ މޯދީއަށް ހަޖޫ ޖަހާ އެކްސްގައި ޕޯސްޓުކުރުމުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސް އިންޑިއާއިން ރާއްޖެއަށް އެ ދެމީހުން މަގާމުން ވަކިކުރަން އެންގުމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނި އެ ދެމީހުން ވަކިނުކޮށް ސަސްޕެންޝަންގެ ނަމުގައި ގޭގައި ބައތިއްބައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މަހަކު މުސާރަ ދިނުމަށް ފަހު ރައީސް މުއިއްޒު އިންޑިއާ ކުރެއްވި ދަތުރުފުޅުގެ ކުރިން ދައުލަތުގެ ދެ ކުންފުންޏަކުން ދެމީހުންނަށްވެސް ބޮޑު މުސާރަ ލިބޭ މަގާމުތަކެއް ހަމަޖައްސާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved