April 29, 2026
Advertisement
ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ވަކި ލިސްޓަކަށް ބަލަން ވަޒީރު ވިދާޅުވި ވީޑިއޯ ޕީއެސްއެމުން ޑިލީޓުކޮށްފި
ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ވަކި ލިސްޓަކަށް ބަލަން ވަޒީރު ވިދާޅުވި ވީޑިއޯ ޕީއެސްއެމުން ޑިލީޓުކޮށްފި / ޕީއެސްއެމް

ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ވަކި ލިސްޓަކަށް ބަލަން ވަޒީރު ވިދާޅުވި ވީޑިއޯ ޕީއެސްއެމުން ޑިލީޓުކޮށްފި

Apr 28, 2026, 06:17 PM

ދިވެހިރާއްޖޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުން ވެސް ބަލިމީހުންނަށް ބޭސް ލިޔެދިނުމުގައި ވަކި ލިސްޓަކަށް ތަބާވުމަށް ހެލްތު މިނިސްޓަރު ގިލާ އަލީ ވިދާޅުވި، ވީޑިއޯ މީސް މީީޑިޔާގެ މަންސަތަކުން ޑިލީޓުކޮށްފިއެވެ.

Advertisement

"ބަންޑާރަ" މީީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ ވަނީ ޑޮކްޓަރުން ބޭސް ދިނުމުގައި ބޭހުގެ ސްޓޮކު ލިސްޓަށް ބެލުމަށް ފަހު ސިޓީ ލިޔެދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލިސްޓުގައި ލިބެން ހުންނަ ކަމަށް ފެންނަ ބޭސް، ސިޓީގައި ލިޔުން މުހިއްމު ކަމަށް ގީލާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މީސް މީޑީޔާގައި ބައެއް ފަރާތްތަކުން ވަނީ، ޕީއެސްއެމުން މިހާރު އެ ވީޑިއޯ ޑިލީޓުކޮށްފި ކަމަށް ބުނެ އެ ޓީވީއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ތަނަކަށްވެފައި، މިވީޑިއޯ ކުލިޕް ޑިލީޓް ކުރީ ކީއްވެތޯ ތަނުގެ އެމްޑީ އަހުމަދު ޝަކީބުއާ ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ގޮވާލާފައެވެ.

އެގޮތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޓެގުކޮށް ބައެއް ފަރާތްތަކުން ވަނީ ޕީއެސްއެމްގެ ވެރިން ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ބުނެފައެވެ.

ގީލާ ޕީއެސްއެމްގެ ޕްރޮގްރާމުގައި ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުން އމަާޒުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް އާންމުން ވަނި ގިލާ މަގާމަށް ކުފޫ ހަމާވާކަމާ މެދުވެސް ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved