theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ނިޔަތަކީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންގެ އިހުލާސްތެރި ހިދުމަތްކުރުން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
Mariyam Isaadha
މަރިޔަމް އިސާދާ
12 ފެބްރުއަރީ 2026
މާލެ ސިޓީ

އޭނާގެ ނިޔަތަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުން ކަމަށް މާލޭޣެ މާޔރު ކަމަށް ވާދަކުރައްވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ އޭނާ ކުރިއަށް ގެންދާ ޓޯކްސް ވިތު ޒަރިޔަންދު ޕޮޑުކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ، އޭނާއާ މެދު ދޮގު ފަތުރާ މީހުންގެ ހިތުގައި ވަހުމު އުފައްދަން ބަޔަކު މަސައްކަތްކުރަމުން ދިޔަނަމަވެސް އެކަމުގައި އޭނާގެ އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ. އެގޮތުން އޭނާއާ ދެކޮޅަށް ނޫސްތަކުގައި ލިޔެ ދޮގު ފަތުރަމުން ދަނީ 2022 ވަނަ އަހަރު ބޭއްވި މާލެ ސިޓީ ކައުންސިލް އިންތިހާބަށް ފަހު ކައުންސިލް ތެރޭގައި ތިބި މީޑިޔާ ބައިގެ ތެރެއިންނާ އެއްކޮށް ކޮރަޕްޝަން ހިންގި މީހުން ކަމަށާ މިހާރުގެ ކައުންސިލްގެ ތެރެއިންވެސް އެމީހުންނަށްވެސް ބައި އެޅޭ ގޮތަށް ކޮރަޕްޝަން ހިނގަމުންދާއިރު އެކަންކަން އާންމުންނާ ހަމައަށް ތިލަވާން ނޭދޭ މީހުން އެފަދަ ކަންކަން ކުރަމުން ގެންދާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއްގެ ސަބަބުން އޭނާގެ މަސައްކަތަށް މަޑު ޖެހުމެއްވެސް އަދި އަޒުމަށް ކޫރުމެއްވެސް އަޅުވާ ނުލެވޭނެ ކަމަށާ އޭނާގެ ނިޔަތަކީ އަދި އަޒުމަކީވެސް، ﷲ އޭނާ ދިރި ދުނިޔޭގައި ލަހައްޓައިވައިފި ނަމަ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ހިދުމަތްކޮށްދިނުން ކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، އޭނާގެ ފޯކަސް ހުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރީ ކާކުތޯ ބެލުން ނޫން ކަމަށާއި ނިޔަތަކީ މާލޭގެ ރައްޔިތުންނަށްޓަކައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެގޮތުން މާލެއަކީ ހުރިހާ ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަމާއެކު އުޅެވޭނެ އަމާން ބިމަކަށް ހެދުމަކީ އޭނާގެ އެންމެ ބޮޑު އަމާޒުގެ ގޮތުގައި ޒަރިޔަންދު ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved