

ގދ. ގައްދޫ އިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި 75 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު 9:30 ހާއިރު ގައްދޫ އިން ފުރި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު ކަމަށެވެ.
އެމީހާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސައުތް ރީޖަންގެ ކޯސްޓްގާޑުން ކުރަމުންދާ ކަމަށާއި ކަނޑުމަގުގެ އިތުރުން ގަމާއި ކައިރި ފަޅު ރަށްތައްވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.