

ރޭ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުސް އޮފީހުން މިއަދު ބުނީ އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައި ކަމަށާއި ރެއިއްސުރެ އެ މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.
އަދި އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންނެވެ.
ރޭ ހިނގި އެ އަލިފާނުގެ ހާދިސާގައި ދުންގަނޑު ބޯވެ، މަގުމަތިން ދުރު ފެންނަ މިންވަރު ވެސް ދަށްވި އެވެ. އެހެންވެ ފުލުހުން ރޭ ވަނީ، ކައިރި ސަރަހައްދުތަކުގައި ހުރި ގޭގޭގެ ކުޑަދޮރުތަކާއި ދޮރު ލައްޕައި، ބޭރަށް ނުކުންނަނަމަ މާސްކު އެޅުމަށް އެދިފަ އެވެ.