

އއ. މާޅޮހުގައި، ނިދާފައި އޮތް މީހަކު ވަރަށް އަނިޔާވެރިކޮށް، މަރައިލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނެފައިވަނީ، އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދޮށީ މީހަކަށް ބޮޑެތި އަނިޔާތަކެއް ދީ ޒަޚަމްކޮށްލާފައިވާ ކަމަގެ ރިޕޯޓް ރޭ ދަންވަރު 01:50 ކަންހާއިރު ކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އއ. މާޅޮސް / އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65އ) އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާލެއިން ތަހުގީގީ ޓީމެއް މިހާރު އެ ރަށަށް ދަތުރު ފަށާފައިވާ ކަމަށެވެ.
ޗެނަލް13 އަށް މައުލޫމާތު ލިބުނުގޮތުގައި، ހާދިސާގައި ނިޔާވި މީހާގެ ބޯ އޮތީ ޗިސލާކޮށްލާފައެވެ.