theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އއ. މާޅޮސް / ސޯޝަލް މީޑިއާ
ހަބަރު
ހުއްދަ ހޯދުމަކާއި ނުލައި މާޅޮހުން މީހުން ފުރުން މަނާކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
13 ޖުލައި 2025
މާލެ ސިޓީ

ރޭ ދަންވަދު އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައިވާ މައްސަލައާއި ގުޅިގެން އެރަށުން މީހުން ރަށުން ފުރުން ފުލުހުން މަނާ ކޮށްފިއެވެ.

ރޭދަންވަދު 01:50 ހާއިރު މަރާލާފައި ވާކަމަށް ފުލުހުންނަށް މައުލޫމާތުދީފައިވަނީ އެރަށު އޯކިޑް މާގެ އަބްދުއް ރަހުމާން 65އ އެވެ. އޭނާ މަރާލާފައި ވަނީ ނިދާފައި އޮއްވައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޝައްކު ކުރެވޭ މީހަކު އަދި ނެތްކަމަށްވެސް މާލުކޫމާތު ލިބިފައި ވެއެވެ. އަދި މިހާރު މާޅޮހުގެ ފުލުހުންގެ އިތުރުން އއ. ހިމަންދޫ، މަހިބަދޫ ފުލުހުންވެސް މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމު ގެ މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން އެރަށަށް އަރާ ފައިބާ މީހުން މޮނީޓަރު ކުރަމުންދާކަން ފުުލުހުންގެ ކަށަވަރުކޮށްދީފައި ވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެރަށު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެެއް ދިއުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށާއި މިމައްސަލައާއިތަހުޤީގު ކުރުމަށްޓަކައި މާލެއިން ތަހުޤީގު ޓީމެއް އެރަށަށް ގޮސްފައި ވާމަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?