theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އއ. މާޅޮސް / ސޯޝަލް މީޑިއާ
ހަބަރު
އަބްދުއްރަހްމާންގެ މަރާއި ގުޅޭ ތަހުޤީގާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރޭ، މަރަށް އެއްދުވަސް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
14 ޖުލައި 2025
މާލެ ސިޓީ

އއ. މާޅޮހުގައި މިމަހު 13 ވަނަދުވަހު ނިދާފައި އޮތްވައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް އެއް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަބްދުއްރަހްމާން މަރުވެފައި ވަނީ ނިދާފައި އޮތްވައި މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ.

މަރާ ގުޅިގެން މި ރަށު ރައްޔިތުން ތުހުމަތު ކުރާ އެއްވެސް މީހަކު ނެތް ނަމަވެޗް މަރާ ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ފުލުހުން ހާމަކުރަން ޖެހޭ ކަމަށް އެރަށުގެ ރައްޔިތުން ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

އަބްދުއްރަހްމާނުގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް އިއްޔެ ހަވީރު ވަނީ މާލެ ގެންގޮސްފަ އެވެ. މީގެ އިތުރުން އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ދާ ކަމުގައި ފުލުހުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved