

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެެވެ.
ޖީއެފްޒެޑް ޖަރުމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިބިންހެލުން އައިސްފައިވަނީ މިޔަދު ހެންދުނު ކަމަށެވެ. މިބިންހެލުން އައިސްފައިވަނީ 7.0 މެގްނެޓިއުޑް ބާރުމިނުގައި އިންޑޮނޭޝިއާގެ ތާނިމްބާ އައިލެންޑްސް ސަރަހައްދަށެވެ.
މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 11:20 ގައެވެ. މި ބިންހެލުން އައިސްފައި ވަނީ 10.0 ކިލޯމީޓަރު އަޑިންނެވެ. މިބިން ހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.
މި ބިންހެލުމާއި ގުޅިގެން މިހާތަނަށް މާބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ދީފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.