April 3, 2026
Advertisement
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ / ސޯޝަލް މީޑިއާ

އިސްތިއުމާރީގެ ވޭން އެނގޭ، މިނިވަން ފަލަސްތީނެއް އޮންނަން ޖެހޭ: އިންޑޮނޭޝިއާގެ ރައީސް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 24, 2025, 11:53 PM
މާލެ ސިޓީ

އިންޑޮނޭޝިއާގެ ރައްޔިތުންނަކީ އިސްތިއުމރީ ބާރުގެ ވޭން ދެކެފައިވާ ބައެއް ކަމަށާ އެހެންކަމުން ފަލަސްތީނަކީ މިނިވަން ދައުލތެއްގެ ގޮތުގައި އޮތުމުގެ މުހިއްމުކަން އިހުސާސްވާ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ވިދާޅުވެއްޖެއެވެ.

Advertisement

އިންޑޮނޭޝިއާގެ ރައީސް މިފަދައިން ވިދާޅުވެފައިވަނީ، އދ.ގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގްރީރުކުރައްވަމުންނެވެ.

ފަލަސްތީނަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ތާއިދުކުރައްވާ ޕްރަބޯވޯ ވިދާޅުވި، ޣައްޒާ ނުވަތަ ސުލްޙަ ބޭނުންވާ ކޮންމެ ތަނަކަށް 20،000 ސުލްޙަ ބަލަހައްޓާ ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ ތައްޔާރަށް އޮތްކަމަށެވެ.

އިންޑޮނޭޝިއާގެ ތާރީޚާއި، ޚާއްޞަކޮށް އިސްތިޢުމާރުގެ ދަށުގައި އެ ޤައުމުން ތަހައްމަލުކުރަންޖެހުނު ވޭނާއި، ޣައްޒާގެ ހާލަތާ ހުރި ގުޅުމުގެ މައްޗަށް ނަޒަރު ހިންގަވާލައްވާ އޭނަ އިތުރަށް ވިދާޅުވީ، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިސްތިޢުމާރުގެ ވޭން ދަންނަކަމަށާއި، ޣައްޒާގައި މިހާރު ހިނގަމުންދާ ކަންކަމަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ.

ނިޔާވެރިކަމާއި، އަޅުންގެ ގޮތުގައި، އަޅުގަނޑުމެންގެ އަމިއްލަ ވަޒަނުގައި އަޅުގަނޑުމެންނާމެދު ޢަމަލުކުރެވުނީ ކުއްތާއަށްވުރެވެސް ދަށު ދަރަޖައިގައި. އަޅުގަނޑުމެން އިންޑޮނޭޝިއާގެ ރައްޔިތުންނަށް އެނގޭ ޢަދުލު އިންސާފު ނުލިބުމުގެ މާނައާއި، އަޕާތައިޑްގެ ދަށުގައި ދިރިއުޅުމުގެ މާނައާއި، ފަގީރުކަމުގައި ދިރިއުޅުމާއި، ހަމަހަމަ ފުރުޞަތުތައް ނުލިބުމުގެ މާނަ

ޕްރަބޯވޯ ސުބިއާންތޯ

އިންޑޮނޭޝިއާގެ ތާރީޚީ ތަޖުރިބާ ފަލަސްތީނުގެ މިހާރުގެ ހާލަތާ ގުޅުވައިލައްވާ ރައީސް ޕްރަބޯވޯގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މިނިވަން ފަލަސްތީނެއް ޤާއިމުކުރުމަށާއި އެ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved