April 30, 2026
Advertisement
 ފަލަސްތީނުގެ ރައްޔިތުން
ފަލަސްތީނުގެ ރައްޔިތުން / ސޯޝަލް މީޑިއާ

ސަހްޔޫނީންނާ އެމެރިކާއިން ގުޅިގެން ހިންގާ އެހީގެ ސައިޓުތަކުގައި ފަލަސްތީނު ރައްޔިތުން ޝަހީދުކުރުނީ!

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 16, 2025, 09:14 PM
މާލެ ސިޓީ

ސަހްޔޫނީން އާއި އެމެރިކާގެ މަދަދާއެކު ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި ހިންގާ ސައިޓެއްގައި މިއަދު އެކަނިވެސް ފަލަސްތީނުގެ 20 މީހަކު ޝަހީދުކޮށްލައިފި އެވެ.

Advertisement

ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ސައިޓުގައި ފަލަސްތީނުގެ 20 މީހުން ޝަހީދުކޮށްލާފައިވާއިރު، މި ސައިޓުތަކުގައި ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 870 އަށް އަރާފައެވެ.

ޖީއެޗްއެފް އިން ނެރުނު ބަޔާނަކާ ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނެފައިވަނީ 20 މީހުންގެ ތެރެއިން 19 މީހަކު ޝަހީދުވީ އެއްވެފައި ތިބި މީހުންގެ ތެރޭގައި ތާށިވެ، ޗިސްވެގެންކަމަށެވެ. އަދި އެކަކުގެ ގަޔަށް ވަޅި ހަރާ ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ 20 މީހުން ޝަހިީދުވީ، ބަޔަކު ގަސްދުގައި ހަމަނުޖެހުން ހިންގުމުންކަމަށެވެ. އަދި މިކަމުގެ ޒިންމާ ހަމާސް ޖަމާއަތާ ގުޅުން އޮތް މީހުން ހަރަކާތްތެރިވެކަމަށް ބުނެ، އެ ޖަމާއަތުގެ ބޮލުގައި އަޅުވަން މަސައްކަތް ކޮށްފައިވެއެވެ.

އެހީ ހޯދަން އެއްވެފައި ތިބި މީހުންގެ ތެރޭގައި ހަތިޔާރު ގެންގުޅުނުކަމަށާއި އަދި އެހީ ބެހުމުގެ މަސައްކަތް ކުރަމުންދިޔަ މީހަކަށް ބަޑިން ބިރު ދައްކާފައިވާކަމަށްވެސް ޖީއެޗްއެފް އިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved