theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގެއްލިގެން ހޯދަމުން ދާ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން / ޕޮލިސް މީޑިޔާ
ހަބަރު
ގެއްލިގެން ހޯދަމުންދާ ޔާމީން ރާއްޖެއިން ބޭރަށް ފުރާފައިނުވޭ: ފުލުހުން
Mariyam Isaadha
މަރިޔަމް އިސާދާ
18 ޖުލައި 2025
މާލެ ސިޓީ

ގެއްލިގެން ހޯދަމުންދާ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީން ގެއްލިގެން ހޯދަމުްނދާ މައްސަލައިގައި އިތުރަށް ބަލަން ހުރި ކަންކަން ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ގެއްލުނު މައްސަލައިގައި މިހާރު ހޯދި ހޯދުންތަކުން ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަމަށާއި، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުތްފަހުން ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގިއެވެ.

ފުލުހުން ބުނީ އާއިލާގެ ފަރާތުން އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނު ހިސާބުން، ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ގުޅުންހުރި ބަހާތަކަށާއި މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގުގެ މަސައްކަތްތައް ފަށައި، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް، ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053އަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved