theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕޮލިސް / ޕޮލިސް
ހަބަރު
ފައިސާތަކެއް ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންނަށްް ހަމާލާ ދީފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 ޖުލައި 2025
މާލެ ސިޓީ

ފައިސާތަކެއް ފޭރުމަށް ފަހު، ގެއަކަށް ވަދެ ތިއްބައި އަތުލައިގަތުމުން ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ތަނަކަށް ވައްދައި އެކައުންޓްގައި ހުރި 200 ރުފިޔާ ޓްރާންސްފާ ކުރުވި މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 23:57 ހާއިރު ފުލުހުން ނަށް ރިޕޯޓްކޮށްފައި ވާކަމުަގއި ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން އެ ރިޕޯޓާ ގުޅިގެން ފުލުހުން އެޓެންޑްވިއިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ ގެއަށް ފުލުހުން ވަންނަށް އުޅުމުން ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ބާރުގެ ބޭނުންކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ނ. ވެލިދޫ، ވަރީސާ މަންޒިލް، ހަސަން ލޫޖެއިން މުހައްމަދު (23އ) އާއި، މާލެ، ހ. ކަނޑުފިނީގެ، މުހައްމަދު ޝަފީއު (55އ) ކަމަށެވެ.

އެމައްސަލައާއި ގުޅިގެން މީހުން ހައްޔަރުކުރުމުގެ ތެރޭގައި ދެ މީހުންނަށާއި ފުލުހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved