April 26, 2026
Advertisement
-
- / އަލްޖަޒީރާ

މޯދީ ސަރުކާރު އިތުރަށް ފަޟީހަތްވަނީ، ޓްރަމްޕް ބުނަނީ 05 ޖެޓް ވެއްޓުނު ކަމަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 20, 2025, 10:06 PM
މާލެ ސިޓީ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދާދި ފަހުން ހިނގި ހަނގުރާމައިގައި ފަސް ޖެޓް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

Advertisement

ޕާކިސްތާނުންވެސް އިންޑިއާގެ 05 ޖެޓް ވައްޓާލާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އިންޑިއާއިން މިކަން ދޮގު ކޮށްފައިވަނިކޮށް ޓްރަމްޕް ވަނީ މޯދީ ސަރުކާރުން ހެދީ ދޮގުކަން ހާމަކޮށްފައެވެ.

ޕާކިސްތާނަށްވުރެ އަސްކަރީ ގޮތުން ވަރުގަދަ ކަމަށް ދެކިގެން އުޅޭ އިންޑިއާގެ 05 ޖެޓް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ހާމަކުރުމުން، ޕާކިސްތާނުގެ ޖެޓްތަކެއްވެސް ވައްޓާލާފައިވާ ކަމަށް އިންޑިއާއިންވެސް ބުނެފައިވެއެވެ. ނަމަވެސް މޯދީ ސަރުކާރުން ހަދާފައިވަނީ ދޮގުކަން ވަނީ ފަޅާއަރާފައެވެ.

އިންޑިއާ-ޕާކިސްތާން ހަނގުރާމައިގައި ޕާކިސްތާނުން އިންޑިއާގެ ޖެޓްތައް ވައްޓާލާފައިވަނީ އިންޑިއާގެ ވައިގެ ސަރަހައްދު ތެރެއަށްކަން ހޯދިފައިވެއެވެ.

މީގެ އިތުރުން، އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމަ ކޮންޓްރޯލް ކުރުމަށް އެމެރިކާއިން އެހީތެރިވި ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

މޯދީ ސަރުކާރަކީ މުޅި އޭޝިއާ ސަރަހައްދަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގިނަ ގައުމުތަކުން އަންނަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved