

އއ.މާޅޮހުގައި ޖުލައި 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.
ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމް އަށެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ހަށިގަނޑު މާލެ ގެނެސްފައިވަނީ މަރުވެފައި އޮތްވާ ފެނުނު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މައްސަލަ އިތުރަށް ތަހްގީގް ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ވަނީ މާޅޮހަށް ދަތުރުކޮށްފައެވެ.
އަބްދުއްރަހްމާން މަރުވެފައި ވަނީ ނިދާފައި އޮތްވައި މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ.