theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޔާމީން ބުރިޖު މަތިން ކަނޑަށް ފުންމާލި މަންޒަރު ވަނީ ސީސީޓީވީ ކެމެރާއަށް އަރާފައި / ސޯޝަލް މީޑިއާ
ހަބަރު
ގެއްލިގެން ހޯދަމުންދާ ޔާމީން ވަނީ ބުރިޖު މަތިން ކަނޑަށް ފުންމާލާފައި: ފުލުހުން
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖުލައި 2025
މާލެ ސިޓީ

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީން ވަނީ ސިނަމާލެ ބުރިޖު މަތިން ކަނޑަށް ފުންމާލާފައި މިހާތަނަށް ހޯދުމުން އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޔާމީން ހޯދުމުގެ މަސައްކަތުގެ އަދާހަމަ އާ އެކު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 3:4 ހާއިރު ސިނަމާލެ ބްރިޖުން އޭނާ ފުންމާލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މައުލޫމާތު މިހާރު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވާރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް އެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހާއި ކޯސްޓްގާޑު ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހާކަންހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާކަމަށް މިމަހުގެ 14 ވަނަ ދުވަހުގެ 20:30 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން މިމަހުގެ 18 ވަނަ ދުވަހު ނެރުނު ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ގެއްލުނު މައްސަލައިގައި މިހާރު ހޯދި ހޯދުންތަކުން ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަމަށާއި، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުތްފަހުން ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގިއެވެ.

ފުލުހުން ބުނީ އާއިލާގެ ފަރާތުން އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނު ހިސާބުން، ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ގުޅުންހުރި ބަހާތަކަށާއި މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގުގެ މަސައްކަތްތައް ފަށައި، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved