theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އުމަރު ނަސީރު ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ހިންދެމި ނުލެވޭވަރަށް ލޯނުދީ ރާއްޖޭގެ މިނިވަންކަމަށް އިންޑިއާއިން ނުރައްކާކޮށްފި: އުމަރު
Mariyam Isaadha
މަރިޔަމް އިސާދާ
26 ޖުލައި 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބާއާ ދިމާކޮށް އިންޑިއާ ދިވެހިންނަށް ހިންދެމި ނުލެވޭނެ ވަރަށް ލޯނުދީ ދަރަނިވެރި ކުރުވައިފި ކަމަށް ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިފަދައިން ވިދާޅުވީ އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނުއިރު އިންޑިޔާ އަސްކަރިއްޔާގެ 3 އުޅަނދެއް، އެމީހުންގެ މީހުންނާއެކު ވަނީ ރާއްޖޭގައި ގާއިމްކޮށްފައި ކަމަށެވެ. އަދި އެކަން ދެމެހެއްޓުމަށްޓަކައި ރާއްޖެއަށް ހިންދެމި ނުލެވޭ ވަރަށް އިންޑިއާއިން ލޯނުދީފައިވާކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެއީ މިނިވަންކަމަށް އޮތްނުރައްކަލެއް ކަމަށެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓު (އެލްއޯސީ) އެއް ކުރިން ހުރި އެލްއޯސީތަކުގެ އިތުރުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަމަ ޖައްސާފައި ދީފައިވެއެވެ.

މިހާރުވެސް ދިވެހިރާއްޖެއަށް ދަރަނި ނުދެއްކި ޑީފޯލްޓަކާ ދިމާއަށް ގައުމު މިސްރާބު ޖަހާފާނެކަމުގެ ހިރާސް ބޮޑުވެ ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved