theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާވަށުގައި މީހަކަށް ހަމަލާދީ މަރާލި ސަރަހައްދު / ސަން އޮންލައިން
ހަބަރު
ތޫނު އެއްޗަކުން ހަމަލާދީ މާވަށުގައި ޒުވާނަކު މަރާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
28 ޖުލައި 2025
މާލެ ސިޓީ

. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފިއެވެ.

މި ހާދިސާގައި މަރުވީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) ކަމަށާ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަަވަރުކޮށްދީފައެވެ.

މި މާރާމާރީ ހިނގީ މިއަދު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައި ކަމަށާއި މޫސާ އިބްރާހީމަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ 10:22 ހާއިރު ކަމަށްވެއެވެ.

މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ ނޭނގި ހުއްޓައި ފަހަތުން ގޮސް ކަރަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޫސާ އިބްރާހިމަށް ހަމަލާ ދީފައިވަނީ އެ ރަށަށް އައިސް އުޅޭ އެހެން ރަށެއްގެ ދިވެއްސެއް ކަމަށް ވާއިރު، އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ.

މި މާރާމާރި ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާއާއި މަރުވި މީހާއަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ކަމަށް މައުލޫމަތު ލިބިފައިވެއެވެ.

މި ހާދިސާގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved