March 19, 2026
Advertisement
ހައްޔަރުކޮށްފައިވަނީ، އޮމަދޫ، ސްޓެއްލާ، އަހުމަދު ނާފިއު 32އ
ހައްޔަރުކޮށްފައިވަނީ، އޮމަދޫ، ސްޓެއްލާ، އަހުމަދު ނާފިއު 32އ / ޕޮލިސް މީޑިޔާ

އަމިއްލަ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 28, 2025, 09:18 PM
މާލެ ސިޓީ

އަމިއްލަ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އދ. އޮމަދޫ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑު ގަދަކޮށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލައިފައިވާ މައްސަލައެއް ރޭ 9:27 ކަންހާއިރު، އެއިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ކޮޓަރީގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން، މީހަކަށް އަނިޔާ ނުވި ނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި އޮމަދޫ، ސްޓެއްލާ، އަހުމަދު ނާފިއު 32އ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved