May 14, 2026
Advertisement
muzaaharaage Therein
muzaaharaage Therein / މޯލްޑިވްސް ޕޮލިސް ސާރވިސް

ލޯފާ ހައްޔަރުކުރަން އައި ފުލުހުންގެ ފައުޖަށް ނާކާމިޔާބު، ރައްޔިތުން ލޯފާ ސަލާމަތްކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 13, 2026, 10:45 PM
މާލެ ސިޓީ

މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ސޯފާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އާންމު ރައްޔިތުން އެ ސޯފާ ސަލާމަތްކޮށްފިއެވެ. ފުލުހުންގެ ބޮޑު ފައުޖަކުން ސޯފާ ހައްޔަރުކުރަން މަސައްކަތް ކުރި ނަމަވެސް، އެއްވެފައި ތިބި މީހުން ވަނީ ފުލުހުންނަށް އެ ފުރުސަތު ނުދީ ސޯފާ ހިފަހައްޓާފައެވެ.

Advertisement

މީގެ ކުރިންވެސް މުޒާހަރާތަކާ ގުޅިގެން ފުލުހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެސްއޯ ފުލުހުން މެދުވެރިކޮށް މުޒާހަރާގައި ބޭނުންކުރާ ޕިކަޕް ޓޯވްކޮށްފައިވާއިރު، މީގެ ކުރިން ސޯފާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ.

މި މުޒާހަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ފެށިފައިވާ ހަރަކާތްތަކެކެވެ. އެ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ނޫސްވެރިންތަކެއް ހިލާފުވި ކަމަށް ބުނެ، ބައެއް ނޫސްވެރިން ވަނީ ޖަލަށް ލާފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށެވެ. އަދި ރައީސް މުއިއްޒުގެ ޒިންމާދާރުކަން ކުޑަކަން ހާމަކޮށް، ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަންނަމުންދާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ އަޑުއުފުލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މާލޭގެ މަގުތަކުގައި ފުލުހުންގެ ހަރަކާތްތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved