May 14, 2026
Advertisement
ފުލުހުން ހައްޔަރުކުރި "ލޯފާ" ދޫކޮށްލައިފި
ފުލުހުން ހައްޔަރުކުރި "ލޯފާ" ދޫކޮށްލައިފި / ސޯޝަލް މީޑިއާ

ފުލުހުން ހައްޔަރުކުރި "ލޯފާ" ދޫކޮށްލައިފި

May 14, 2026, 03:26 AM
މާލެ ސިޓީ

ޕީއެންއެފަށް ތާއީދުކުރާ ފަރާތްތަކާ އަދި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތުގެ ތެރެއިން ފުލުހުން "ހައްޔަރު" ކުރި "ލޯފާ" ދޫކޮށްލައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި "ލޯފާ" ފުލުހުންގެ ހައްޔަރުން ދޫކޮށްލީ، ބުދަ ދުވަހުގެ ރޭ މެންދަމުން އަލިވެ 2:00 ގައެވެ. "ލޯފާ" މިހާރު އޭގެ ވެރިފަރާތް ކަމަށްވާ، ޕީއެންއެފްގެ ސަޕޯޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.

"ލޯފާ" ފުލުހުންނަށް ގެންދެވުނީ ތިން ފަހަރު އެ ގެންދަން މަސައްކަތް ކުރި ފަހުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީއަށް ތާއިދުކުރާ ފަރާތްތަކުން މި ފަހަކަށް އައިސް ކުރިއަށް ގެންދާ މަގުމަތީ ހަރަކާތުގައި، "ލޯފާ" ނެރުމަކީ އާންމު ކަމެކެވެ.

"ލޯފާ" ހައްޔަރުކޮށް ދޫކޮށްލާފައިވާއިރު، ޕީއެންއެފް ސަޕޯޓަރުންގެ ޕިކަޕަށް ވަނީ 15 ދުވަސް ޖަހާފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved