June 7, 2026
Advertisement
ޕޮލިސް މައި އޮފީސް އިމާރާތް
ޕޮލިސް މައި އޮފީސް އިމާރާތް / ޕޮލިސް

މާވަށުން މަރާލި ޒުވާނާއަށް ހަމަލާދޭން ބޭނުންކުރި ވަޅި މޫދުން ހޯދައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 29, 2025, 01:05 PM
މާލެ ސިޓީ

ލ މާވަށުގައި ހޯމަ ދުވަހު ޒުވާނަކަށް ހަމަލާދީ މަރާލަން ބޭނުންކުރި ވަޅި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ ލ. މާވަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.

މޫސާ އިބްރާހިމަށް ހަމަލާދީނީ އޭނާ ރަށު ވޮލީ ކޯޓް ކައިރީ ހުއްޓާ ކަމަށާއި އިއްޔެ ހެނދުނު ގާތްގަނޑަކަށް 10 ޖަހާއެހާކަންހާއިރު އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް ރަށުން އެ ރަށުން މައުލޫމާތުދެއެވެ.

މޫސަ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޫސާ އިބްރާހިމަށް ހަމަލާދީ މަރާލި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ކަމަށާއި މި މާރާމާރީއަކީ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މިހާރު ހޯދާފައިވާ ކަމަށާއި ވަޅި ފެނުނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކުރި މަސައްކަތުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved