

ލ. މާވަށުގައި އެ ރަށު މޫސާ އިބްރާހިމް އަށް ދިން ހަމަލާގައި ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ.
ފުލުހުން ވިދާޅުވީ އުމުރުން 29 އަހަރުގެ މުހައްމަދުގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މާވަށުގައި އިއްޔެ ހެނދުނު ދިން ހަމަލާގައި ނިޔާވީ އެ ރަށު މޫސާ އިބްރާހިމް 29 އެވެ.
މި ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގައި ހިނގާދިޔަ މި މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދައިފައިވަނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެންނެވެ.
މޫސަގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.