
އެމެރިކާ އިން އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅައި ޖޫރިމަނާ ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.
ޓްރަމްޕް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާއަކީ އެ ގައުމާއި ގާތް ގުޅުން ބާއްވާ ގައުމަކަށް ވިޔަސް، އިންޑިއާގެ "ޓާރިފް" ރޭޓް ބޮޑުވުމުގެ ސަބަބުން އެމެރިކާއިން އިންޑިއާ އާއި އެކު ވިޔަފާރި ކުރަނީ މަދުން ކަމަށާއި ބައިނަލްއަގްވާމީ ވިޔަފާރީގެ އެންމެ ހުރަސްތައް ގިނައީ އިންޑިއާގައި ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
މީގެ އިތުރުން، އިންޑިއާގައި ބޭނުންކުރާ ގިނަ އަދަދެއްގެ އަސްކަރީ ސާމާނުތައް ގަންނަނީ ރަޝިޔާއިން ކަމަށާއި ނިއުކްލިއާ ހަތިޔާރުގެ ވިޔަފާރީގައި ރަޝިޔާގެ އެންމެ ބޮޑު "ކަސްޓަމަރ" އަކީ ޗައިނާގެ އިތުރުން އިންޑިއާ ކަމަށް ބުނެ ޓްރަމްޕް ގެ ޓްވީޓްގައި ވަނީ އިންޑިއާއަށް ފާޑުކިޔާފައެވެ.
މިއާއި އެކު، އޯގަސްޓް 01 ވަނަ ދުވަހުން ފެށިގެން 25% ގެ ޓާރިފް އެއް އިންޑިއާ އަށް ކަނޑައަޅައި ޓްރަމްޕް ވަނީ އިންޑިއާ ޖޫރިމަނާ ކޮށްފައެވެ.
މުސްލިމުންނާއި ދެކޮޅަށް ހަރަކާތްތެރިވާ އެމެރިކާ، އިންޑިއާ ފަދަ ގައުމުތަކަކީ ގާތް ގުޅުން އޮންނަ ގައުމުތަކަކަށް ވީ ނަމަވެސް ފަހަކަށް އައިސް ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިއާއަށް ފާޑުކިޔުންތައް އަމާޒުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
އަދި ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައިވެސް އެމެރިކާގެ އިތުރުން ގިނަ އަދަދެއްގެ ގައުމުތަކުން އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.










