March 14, 2026
Advertisement
-
- / ސީ.އެން.އެން

ޕޯޗުގަލްެއިންވެސް ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން މަޝްވަރާ ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 1, 2025, 04:22 PM
މާލެ ސިޓީ

ޕޯޗުގަލްެއިންވެސް ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން މަޝްވަރާ ކުރަމުންދާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ލުއީސް މޮންޓެނެގްރޯ ވިދާޅުވެއްޖެއެވެ.

Advertisement

ލުއީސް ވިދާޅުވީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭގޮތުން ޕޯޗުގަލްގެ ސަރުކާރުން އެ ޤައުމުގެ މައި ސިޔާސީ ޕާޓީތަކާއި އެ ޤައުމުގެ ރައީސް މާސެލޯ ރެބެލޯ ޑީ ސޫސައާ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވެސް ވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިގަންނާނެ ކަމަށް އިޢުލާނުކުރައްވައިފައެވެ. އެއާއެކު އެ ޤައުމު ވެގެންދާނީ ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ.

އިނގިރޭސިވިލާތާއި ކެނެޑާޢިން ވެސް މިހާރު ވަނީ ފަަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާމެދު އެ ޤައުމުތަކުން ވިސްނަމުންދާ ކަމަށް ބުނެފައެވެ.

އދގެ އާންމު މަޖިލީހުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ނުަރަސްމީކޮށް ބަލައިގަތީ 2012ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެ މަޖިލީހުގައި ފަލަސްޠީނަށް ދީފައިވާ އޮބްސާވަރެއްގެ ދަރަޖައިން ފުރިހަމަ މެންބަރަކަށް ނުވާ ދައުލަތެެއްގެ ދަރަޖައަށް މަތިކުރުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved