March 22, 2026
Advertisement
ރައީސް ޔާމީން ވަނީ ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރާތީ ނުރުހުން ފާޅުކުރައްވާފައި
ރައީސް ޔާމީން ވަނީ ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރާތީ ނުރުހުން ފާޅުކުރައްވާފައި / ތޭރަ އޮންލައިން

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭނެ ސަރުކާރެއް ނޫން: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Aug 1, 2025, 09:14 PM
މާލެ ސިޓީ

މި ސަރުކާރަކީ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަން ބޭނުންވާ ބައެއް ނޫން ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭނެ ބައެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިިތުންގެ އަތުގައި ކުރީ ސަރުކާރުން ބަހައްޓައިފައި ހުންނަ ލާރި ވެސް މިހާރުގެ ސަރުކާރުން އަންނަނީ ނަގަމުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ސެތްލްމަންޓު އެގރިމަންތުގެ ނަމުގައި ދެމުންދާ ބަދަލުތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ލާރި ފޮއްޗެއް ކުރީގެ ސަރުކާރުން ބަޔަކުގެ އަތުގައި ބަހައްޓައިފައި ހުރެއްޖެއްޔާ އައިއްސަ ބަހާލަނީ. ސެޓެލްމެންޓް އެގްރީމެންޓްގެ ނަމުގައި އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް 4 ވަރަކަށް ބިލިއަން 4000 ވަރަކަށް ބިލިއަން ރުފިޔާ ބަހާލި ދޭން ނުޖެހޭ ތަންތާގަ

ރައީސް ޔާމީން ވިދާޅުވި

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ކޮންޓްރެކްޓަރުން ކޮށްފައި ހުރި މަސައްކަތަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފިނެންސް މިނިސްޓްރީގައި އެންމެ ލާރި ފޮއްޗެއްވެސް ނުދީ ބަހައްޓާފައި ހުރި ކަމަށެވެ.

މިސަރުކާރުގެ ނެޓްވޯތު އުޅެނީ ނެގެޓިވެކޮށް ކަމަށާއި ހިންގުމުގެ ދާއިރާއަށް މިއަދު ވަނީ ކާރިސާއެއް އައިސްފައިކަމަށް ރަައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved