March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކޮރަޕްޝަނަކީ ހުއްޓުވަންޖެހޭ އެއްޗެއް: ރައީސް ޔާމީން

Sudha Latheef
ސުދާ ލަތީފް
Aug 1, 2025, 09:50 PM
މާލެ ސިޓީ

ކޮރަޕްޝަނަކީ ހުއްޓުވަންޖެހޭ އެއްޗެއް ކަމާއި ހުއްޓުވޭނެ އެއްޗެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ގެއްލިފައި ހުރި ފައިސާ ހޯދޭނެ ގޮތެއް ބޭނުންވާ ކަމަށެވެ.

ކޮރްޕްޝަން ހުއްޓުވުމަކީ އެއްގޮތަކަށްވެސް ނުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެެފައެވެ. ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަން ކޮމިޝަނަކީ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުންނަންޖެހޭ ތަނެއް ކަމަށާއި އެއީ ހައިބަތު ލިބިގެންވާ ތަނެއް ކަމަށެވެ.

އަޅުގަނޑުގެ ސަރުކާރުގެ ތެރޭގައި ނުވަތަ ސަރުކާރު ހިންގަމުން ދިޔަ ކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑެތި، ބާރުގަދަ ނުފޫޒުގައި މި އަދާވަތްތެރިކަން އައީ އޭރު ގެއްލިފަ ހުރި ފައިސާ ހޯދަން ރިޔާސީ ކޮމިޝަނަށް އުފެއްދީމަ. އޭގަ ފައިސާގެ މަންފާ ލިބިފަ ތިބި މީހުންނާއި، މީހުން ލައްވާ ކޮރަޕްޓް ޕްރެކްޓިސަސް ހިންގާފަ ތިބި ނުފޫޒު ގަދަ މީހުން ދެބައި މީހުންވެސް އެބަ ކުށްވެރިވޭ. އެހެންވީމަ މުޅި އެތި "ރަޓެލް" ކޮށްލަން ބޭނުންވީ. އެންމެން ބޭނުންވީ މިކަން. އެހެންވީމަ ކޮރަޕްޝަން ހުއްޓުވޭނެ. ހުއްޓަން ޖެހޭނެ އިނގޭތޯ

ރައީސް ޔާމީން ވިދާޅުވި

ރައީސް ޔާމީން އިިތުރަށް ވިދާޅުވީ ހުރިހާ އެންމެން މައްސަލަ ހުށައަޅާނީ މިހާރަކު އޮންލައިންކޮށް ނޫން ކަމަށާއި އެތަނަށް ގޮސް މައްސަލަތައް ހުށައަޅާ މީހުންނާއި ލިޔުމުން މައްސަލަތައް ހުށައަޅާ މީހުންވެސް އުޅެން ޖެހޭނެ ކަމުގައެވެ. އެހެންކަމުން އޭސީސީގެ އިދާރާވެސް ރައްޔިތުންނަށް ފަސޭހަ ހިސާބެއް ހުންނަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާޏު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރިހާ ފަންތިއެއްގެ މީހުން އުޅޭކަން ޤަބޫލު ކުރަންވާނެ ކަމަށް ރައީސް ޔާމީން ވަނީ ފާހަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved