theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ / ޕޮލިސް
ހަބަރު
މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހަކު އޭނާ މަގާމުގެ ހުވާ ނުކުރާ ކަމަށް ބުނެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
08 އޯގަސްޓު 2025
މާލެ ސިޓީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފުލުހަކު، އޭނާ މަގާމުގެ ހުވާ ނުކުރާކަމަށް ކޯޓުގައި ބުނެފިއެވެ.

އީ ސިނގިރޭޓްތަކެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ޕޮލިހަކީ ގދ. ތިނަދޫ މުހައްމަދު ސާޖިދެވެ.

ސާޖިދަކީ މިއަހަރުގެ މެއި މަހު ހަތްވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބަލްގެ މަގާމުގައި ހުރި މީހެއް ކަމަށް މައުލޫމާތު ހޯދިފައިވެއެވެ.

ސާޖިދަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވުމުން، ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަކީ ޔުނީފޯމް އެޅި ފުލުހެއްތޯ ސުވާލުކޮށްފައެވެ. ބެންޗުގެ ސުވާލާ ގުޅިގެން، ދެކެވުނު ވާހަކަތަކުގެ ތެރެއިން ސާޖިދުވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް ހުވާ ނުކުރާ ކަމަށް ބުނެފައެވެ.

ހުވަދު އަތޮޅުގައި ހިންގި އޮޕަރޭޝަނަކާ ގުޅިގެން ސާޖިދު ހުރީ، މުއްދަތެއް ނެތް ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލައިގެ އަޑު އެހުމުން އެނގުނު ގޮތުގައި އީސިގިރޭޓާއި ދުންފަތުގެ ބާވަތްތައް ގެންގުޅުމުގެ ތުހުމަތުގައި އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved