theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފުލުހުންގެ އަމުރަށް ތަބާނުވެ، ބާރު ސްޕީޑުގައި ކާރު ދުއްވި މީހާ / ގެޓީ އިމޭޖަސް
ހަބަރު
ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލަ: ހައްޔަރުކުރީ 18 އަހަރުގެ ޒުވާނެއް
Sudha Latheef
ސުދާ ލަތީފް
10 އޯގަސްޓު 2025
މާލެ ސިޓީ

ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ރޭ ހުޅުމާލޭގައި ކާރު ދުއްވި މައްސަލައިގައި ހައްޔަރު ކުރި ޒުވާނާގެ ވަނަވަރު އާމުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކާރު ދުއްވި ހެންވޭރު ފިލިމާގެ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ހަސަން ކަމަށެވެ.

އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އައިކްގެ އިތުރުން ކާރުގައި އިން އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް މިހާރު އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާއަކީ ބާރު ސްޕީޑުގައި ދުއްވި ކާރުގެ ކުރީ ސީޓުގައި އިން މީހާ އެވެ.

ފުލުހުން ރޭގައި ބުނި ގޮތުގައި، އެ ކާރު މަޑުކުރަން ފުލުހުން އެންގުމުން އެ އަށް އިޖާބަ ނުދީ، ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި ދުއްވި އެވެ. އަދި އެ ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލި އެވެ. އެ ހާދިސާގައި ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.

ފުލުހުން އެ ކާރު ހުއްޓުވީ ހުޅުމާލޭގެ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2 ގެ ޗެނަލް ބްރިޖު ކައިރިންނެވެ.

ފުލުހުން މިއަދު ބުނީ އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އޭނާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved