

ފުލުހުންގެ އުޅަނދެއް ސައިކަލެއްގެ ފަހަތުން ބާރު ސްޕީޑުގައި ދުއްވަމުން ދަނިކޮށް، މަގުމަތިން ދަތުރުކުރަމުންދިޔަ އަންހެނެއްގެ ގައިގައި ޖެހި، ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
އައްޑޫ ސިޓީގައި މިރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި އެ އަންހެން މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހުޅުމާލޭގައިވެސް ފުލުހުންގެ އުޅަނދެއް ވަނީ އެމީހުންގެ އަމުރަށް ނުކިޔަމަންތެރިވި ކާރެއް ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައެވެ.
ރާއްޖެއަކީ މަގުތައް ހަނި އަދި މަގަށް ނުކަތާ ވަރަށް އުޅަނދުތައް ދުއްވަމުންދާ ގައުމަކަށްވާއިރު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތިބޭ ފަރާތްތަކުން މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަށް އުޅުމަކީ އެއްވެސް ގޮތަކަށް ބަަލައިގަނެވޭނެ ކަމެއް ނޫނެވެ.
މާލޭގައި މިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓް އެއްގައި 17 އަހަރުގެ ކުޑަ ކުއްޖެއް ނިޔާވި ހާދިސާއާއި ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ ސަލާމަތަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހަރަކާތްތަކެއްވެސް ހިންގާފައެވެ.
ކަންމިހެން ހުރި އިރު ފުލުހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނިގެން ދިޔުމަކީ ބާރު ސްޕީޑްގައި ވެެހިކަލްތައް ދުއްވުމަށް އެހެން މީހުންނަށް ދެވޭ ވަރަށް ނުރަނގަޅު މިސާލެކެވެ.
ފުލުހުންގެ ފަރާތުން ފެންނަ މިފަދަ ޒިންމާދާރު ކުޑަ މައްސަލަތައް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހިން ގޮވާލައެވެ.