theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބޯޓު އުދުހުނު ގޮތުގެ ތަފްސީލު، ފްލައިޓު އިންފޯމޭޝަން ވަނީ ސިއްރުކޮށްފައި / ސޯޝަލް މީޑިއާ
ހަބަރު
ފްލައިޓު އިންފޯމޭޝަން ފޮރުވައިގެން ރާއްޖެ ސަރަހައްދުގައި އުދުހުނީ އިންޑިއާއިން ފުރި ބޯޓެއް!
Mariyam Isaadha
މަރިޔަމް އިސާދާ
11 އޯގަސްޓު 2025
މާލެ ސިޓީ

ރޭގެ ވަގުތެއްގައި ރާއްޖޭގެ އީއީޒެޑް ސަރަހައްދަށްވާ ގޮތަށް ވައިގެ މަގުން ގޮތް ނޭނގޭ އުޅަނދެއް އުދުހިފާވާއިރު އެއީ އިންޑިއާއިން ފުރި ބޯޓެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ބޯޓު ރާއްޖެ ސަރަހއްދުގައި އުދުހިފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ. އެގޮތުން ފްލައިޓު އިންފޯމޭޝަން ނުވަތަ ފްލައިޓާ ގުޅޭ ހުރިހާ ތަފްސީލީ މައުލޫމާތެއް ވަންހަނާ ކުރުމަށް ފަހު ރާއްޖޭގެ އީއީޒެޑްގެ މަތިން ބޯޓެއް އުދުހިފައިވާކަން ރާޑަރުތަކުން ވަނީ ދައްކާފައެވެ.

އެ ބޯޓަކީ ރާއްޖޭގެ މަތިން އުދުހޭކަމަށް ދައްކާފައިވާތީ އެކަމުގެ މައުލޫމާތު ސާފުކުރުމަށް ރާއްޖޭގެ ސަލާމަތާ ގުޅޭ ވުޒާރާ، އެމްއެންޑީއެފްއާ ރޭގެ މެންދަމުން އަލިވެ 1:31 ގައި ސުވާލުކޮށްފައިވާ އިރު އޭގެ 17 ގަޑިއިރު ފަހުން ވެސް ޖަވާބު ނުލިބިގެން ގުޅުމުން ވިދާޅުވީ އުދުހުމުގެ ހުއްދަދޭ އިދާރާއަށް ގުޅައިގެން މައުލޫމާތު ހޯދުމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފއިވާ ގޮތުގައި ސަރުކާރުގެ އިދާރާތަކުން އެ މައުލޫމާތު ހިއްސާ ނުކުރަނީ އެއީ އިންޑިއާގެ ޖާސޫސޫ ބޯޓަކަށްވެފައި، މައުލޫމާތު ހިއްސާކޮށްފި ނަމަ އިންޑިއާގެ ބޮޑު ވަޒީރު ރައީސް މުއިއްޒުއާ ސަރުކާރުގެ ވެރިން ދެކެ ހިތްޕުޅާ ނުވެދާނެތީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved