
މ.ކާނިމާގެ، 4ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފަށް ދެވުނުއިރު އާންމުން ވެގެން ބައެއް މީހުން ހާދިސާ ހިނގި ސަރަހައްދުން ސަލާމްތކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެގޭގައި ރޯވީ ބިދޭސީން އުޅެމުން އެޕާޓުމަންޓުގައެވެ. ދެން ހުރި އެޕާޓުމަންތުތަކުގެ ތެރެއިން ފުރަތަމަ ފަންގިފިލާގައި އުޅެމުން ދިޔަ މަންމައަކާ ކުޑަ ދެ ކުދިން ވެސް ރައްކާތެރިކޮށް ތިރިއަށް ބޭލުވީ އެ އިމާރާތުގައި އުޅެމުން ދިޔަ އާންމުންނެވެ. އަދި ދެ ވަނަ ފަންގިފިލާގައި އުޅެމުން ދިޔަ ދިވެހި އާއިލާގައި އަމިއްލަ ހާލަށް ހިނގާ ބިނގާވެ ނޫޅޭ ވަރުގެ ދެމީހަކާ ބަލި މީހަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މީހުންވެސް ރައްކާތެރިކަމާ އެކު ތިރިއަށް ބޭލުވީ އާންމުންނާ ބިދާސީން އަދި ފުލުހަކު ވެގެން ކަމަށާ ނަމަވެސް ރޯވި ފަންގިފިލާގެ އެ ކޮޓަރީގައި ތާށިވެފައި ތިބި ބިދޭސީއިން ސަލާމަތް ކުރީ އެމްއެންޑީއެފުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފަށް ސީނަށް ދެވިފައިވަނީ، ހާދިސާގެ މައުލޫމާތު ހިއްސާކުރިތާ 20 މިނިޓު ފަހުން ކަމަށާ އަދި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.










