July 21, 2026
Advertisement
-
- / އަލްޖަޒީރާ

ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި މިހާތަނަށް 49 މަރު

Aiminath Sarah
އައިމިނަތް ސާރާ
Aug 15, 2025, 11:55 PM
މާލެ ސިޓީ

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 49 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

އެ ގައުމުން ހާމަކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކާއި އެގައުމުގެ އެހެން ސަރަހައްދުތަކުގައި 49 މީހަކު މަރުވެފައިވެއެވެ.

އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރުބަދަމަތީ ސަރަޙައްދަކުން ތާށިވެފައި ތިބި 1300 ފަތުރުވެރިން އެ ސަރަހައްދުން ސަލާމަތް ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި 360 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ވިއްސާރައިގައި އެންމެ ފަހުން މީހުން މަރުވެފައިވަނީ ޕާކިސްތާނުގެ އުތުރާއި ހުޅަނގު އުތުރުން ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved