theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުބީން އަޑީގައި ހުރެގެން، ޕީއެންއެފް އަދި ރައީސް ޔާމީންއާ ގުޅޭގޮތުން ދޮގު ފަތުރަނީ / ސޯޝަލް މީޑިއާ
ރިޕޯޓު
މުބީންއާ ސަރުކާރު ކިތަންމެ ވަރަކަށް ތެޅުނަސް ޕީއެންއެފް ނުހުއްޓުވޭނޭ!!!!
21 އޯގަސްޓު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އިސްނަގަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން އެ ޕާޓީގެ ފުރަތަމަ ބޮޑު އިވެންޓު ބާއްވަން ތައްޔާރީތައް ވަމުން ގެންދާއިރު ސަރުކާރާ ސަރުކާރުގެ ވެރިންނަށް މިކަން ހަޖަމްކުރުމަށް މިވަނީ ދަތިވެފައެވެ.

އެގޮތުން އެމަނިކުފާނު އެމްޑީޕީއާ ގުޅިގެން ދުވަހަކުވެސް މަސައްކަތްނުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ކެންސަލް ކުރެއްވި ކަމަށް ހެޑްލައިންތައް ހަދާ، ސަރުކާރުގެ ބައިތުލް މާލު ދަވާލާއިގެން ފައިސާ ނަގައިގެން ނޫސްތަކާ ޓީވީތައް ހަދައިގެން ތިބެ ސަރުކާރުގެ ވެރިން ގެންދަނީ ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންނެވެ.

މީޑޔާތަކުން ދޮގު ޚަބަރުތަކާ މައުލޫމާތުތައް ފަތުރާތީ މީޑިޔާތައް ރެގިއުލޭޓުކުރަން 52 ސަފްހާގެ ބޮޑެތި ބިލުތަކަށް މަޖިލީހަށް ވައްދައިގެން ތިބެ މި މީހުން މި ގެންދަނީ ދޮގު މައުލޫމާތު ފަތުރާ ރައީސް ޔާމީންގެ ޕާޓީއިން ބާއްވާ ޖަލްސާއަށް މީހުން ދިޔަ ނުދިނުމަށްޓަކައި މޮޅެތި ހިޔަޅުވެރި ދޮގުތައް ފަތުރާފައެވެ.

އާރުސީއެލްގެ އެމްޑީ ކަމުން އިސްތިއުފާ ދޭން އަންގާ ބާކީކޮށްފައި ހުރި އަހުމަދު މުބީން ސަރުކާރުގެ "ބްލެސިން" ހޯދަން މޮޅެތި ރިޕޯޓުތައް ހެދި ނަމަވެސް ރައީސް ޔާމީންގެ ޕާޓީއިން ބާއްވާ ޖަލްސާއަކީ އެއްވެސް އިރަކު އެއްވެސް ރައްޔިތަކަށް ބަންދު ޖަލްސާއެއް ނޫނެވެ.

އެމްޑީޕީއާ ގުޅުނުކަމެއް ބުނެ ފަތުރަނީ ރޯ ބުހުތާނު ދޮގު!

ރައީސް ޔާމީން ސިޔާސީ މަސައްކަތްކުރައްވަން އެމްޑީޕީއާ ގުޅުނު ކަމަށާ މިރޭގެ ޖަލްސާވެސް ކުރިއަށް ގެންދަނީ އެމްޑީޕީއާ ގުޅިގެން ކަމަށް ބުނެ މުބީން އަންގައިގެން ރިޕޯޓުތައް ލިޔަމުން ގެންދާއިރު، އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގެވެ.

އެގޮތުން އެ ޖަލްސާއަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށް އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ހާމަކޮށްފައިވެއެވެ. އަދި ސިޔާސީ ހުރިހާ ކުލަޔަކަށްވެސް ބައިވެރިވާން ބޭނުން ނަމަ އެ ދޮރު ހުޅުވިފައިވާ ކަމަށް ވެސް އެ ޕާޓީއިން ހާމަކުރިއެވެ.

އެހެންކަމުން ކޮންމެ ފިކުރެއްގެ ރައްޔިތަކަށްވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށާ އެއީ ވަކި ޕާޓިއަކަށް ވަކި ފިކުރަކަށް ވަކި ކުލަޔަކަށް އޮތްކަމެއް ނޫން ކަމަށާ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން "އާންމު ރައްޔިތުން" މި ހަރަކާތުގައި ބައިވެރިވުމަށް ގޮވާލާފައިވެއެވެ. އެހެންކަމުން އެމްޑީޕީ ވިޔސް އާންމު ރައްޔިތުން ވާނީ ދިވެހި ރައްޔިތުންނަށެވެ. އޮޅުވާލަން މުބީންއާ އޭނާގެ އައުވާނުން ނޫޅޭށެވެ.

ތެޅުނު ތެޅުނު ހެން ދާނީ ހުޅުނބު، ކޮރަޕްޝަންގެ ވާހަކަ ދައްކާނެ!

ރައީސް ޔާމީން އެމްޑީޕީއާ ގުޅުނު ކަމަށް ބުނެ ސަރުކާރުގެ އެންމެ ކޮރަޕްޝަން ބޮޑު ކުރިގެ ދެ އެމްޑީއިން ނިސްބަތްވާ ނޫހަކުން "ދޮގު ޚަބަރު" ފަތުރަމުންދާ އެންމެ މައިގަނޑު ސަބަބަކީ އެ ދެ އެމްޑީއިން ވެސް މި ސަރުކާރުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒަށް ބައި އެޅޭ ގޮތަށް ހިންގާފައިވާ މާސިންގާ ކޮރަޕްޝަންގެ އަމަލުތަކާ އެ ކަންކަމުން އެ މީހުންނަށް ނފާވީ މިންވަރާ ރައްޔިތުންގެ ޚާޒާނާއިން ދެ ފެމުނުހެން ބަނޑުއަޅާލި ފައިސާގެ ވާހަކަތައް ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކަވާތީ ހިތަށް ކެތް ނުވެގެންނެވެ.

ނަމަވެސް ހަގީގަތަކީ މުބީންއާ މުއާޒުއަކީ މި ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން އެންމެ ބޮޑަށް ވައްކަން ކުރި ލިސްޓުގައި ހިމެނޭ ދެ މީހުންކަމެވެ. ރައްޔިތުންގެ ޚަޒާނާ "ދަވާލައިގެން" ތިބި ގޭންގުގެ މީހުންގެ ތެރޭގައި އެ ދެމީހުންވެސް ހިމެނޭތީ ރައީސް ޔާމީން ކެނޑި ނޭޅި އެވާހަކަ ދައްކަވަމުން ގެންދަވާ ދިއުން މުބީންއާ މުއާޒުއަށް ހަޖަމް ނުވީއެވެ.

މަގާމުތަކާ ހަވާލުވާން ވެގެން ޝެއަރ ދޫކޮށްލި ނަމަވެސް ފަރުދާގެ ފުރަގަހުގައި ތިބެ ވަކި ނޫހަކާ ޓީވީ ޗެނަލްއެއް މެދުވެރިކޮށް ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް މާސިންގާ ބޮޑު ދޮގު ފަތުރަނީއެވެ. މީޑިޔާ ރެގިއުލޭޓުކޯށް ފިޔަވަޅު އަޅަން މިޖެހެނީ މިކަހަލަ މީހުންނާ ހެދިއެވެ.

ކޮންމެ އަކަސް ކިތަންމެ ވަރަކަށް ތެޅުނަސް ކޮރަޕްޝަންގެ ވާހަކަ ދައްކާނެއެވެ. ނުވެސް ހުއްޓުވާނެއެވެ. ތެޅުނު ތެޅުނުހެން ފައިބާނީ ބާކީ ހުރި ހުޅުނބުކޮޅެވެ. އޮރިޔާން ނުވަނީސް އެހެންވީމާ މައިތިރި ވާށެވެ.

ރައްޔިތުން ނިކުންނާނެކަން އެނގިގެން ރޯ މަހެއް ތެޅޭނެހެން މަރަށް ތެޅެނީ!

މުބީންއާ މުއާޒު އަޑީގައި ތިވެގެން ހިންގާ ނޫހުން، ބޮޑެތި ދޮގުތައް ފަތުރާ ރައްޔިތުންނަށް އޮޅުވާލަމުން މި ގެންދަނީ އަދި ދެ އަހަރު ނުފުރޭ މި ސަރުކާރާ މެދު ރައްޔިތުން ނުރުހިފައި ތިބި މިންވަަރު ޚުދު އެ ދެމީހުންނަށްވެސް ވަޒަން ކުރެވި މިރޭގެ ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުން ނިކުންނާނެކަން އެ ދެމީހުންނަށްވެސް "ޔަގީން" ވާތީއެވެ.

ސަރުކާރުގެ ފެއިލްވެ ރައްޔިތުން ތިބީ ސަރުކާރު ދެކެ "ނައްޓާފައިކަން" ޚުދު މުބީންއަށްވެސް އެނގޭތީ މުބީންއާ މުއާޒު މިގެންދަނީ ފާރުވެފައި ހުރި ތަންތަނުގައި ބޭސް މަލަން އަޅަމުންނެވެ.

ރައްޔިތުން މިރޭ އާޓިފިޝަލް ބީޗު ފުރާލާނެކަން އެނގިގެން ރޯމަހެއް ތެޅޭހެން ތެޅެނީ ސަރުކާރު ނުފޯރާ ފޮތިން ގަޅާފޫ ހާމަވެ ބަރަހަނާވާނެކަމުގެ ޔަގީންކަން މި ދެކަލޭގައަށް އޮތުމުން މޮޅެތި ރިޕޯޓުތަކާ ލިޔުންތައް މުސާރަވެރިން ލައްވާ ލިޔުއްވާ މުއިއްޒު އަރިހު މެޑަލް ޖަހަންށެވެ.

އެހެންކަމުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދައިގެން ރައްޔިތުން ޝުއޫރުތައް ފާޅުކުރަން ނުކުންނާނެކަން ޔަގީންވުމުން ދެން ހަދާނެ ގޮތް ހުސްވެ ޑިފެންސަށް ކުޅެން ނޫސްވެރިންގެ ބޭނުން ނަހަމ ގޮތުގައި ހިފާ މި ގެންދަނީ ދޮގު ޚަބަރު ފަތުރާ ބަޔަކީ ހުދު ސަރުކާރުން ކޮންޓްރޯލު ކުރާ ނޫސްތައްކަން ދައްކަމުންނެވެ.

މުބީނެވެ. ތިހުރީ ބާކީ ކޮށްފައެވެ. ދެން ވެސް މައިތިރިވެގެން ހުންނާށެވެ. ކިތަންމެ ވަރަކަށް ތެޅުނަސް ރައީސް ޔާމީން ހިންގެވި މަގުންވެސް ނުހިނގޭނެއެވެ. އެމަނިކުފާނަށް ރައްޔިތުން ހިތުގައި އޮތް ތާއީދާ ލޯބި އުނިވެސް ކޮށްނުލެވޭނެއެވެ.

ހުސް ގޮނޑިއާ ފޮޓޯއެއް ދައްކައިގެން ވެރިކަމަށް އައި ބަޔަކު ތާއީދުގެ ވާހަކަ ރަގަޅު ވާނީ ނުދެއްކިއްޔާއެވެ. އަހަރުމެން މިތިބީ ލަދުން ފައި ކައިރިކޮށްލަން ނުކެރިފައެވެ. ކަލޭމެންނަށް ކެމްޕެއިން ކޮށްދެވުނުކަމުގެ ލަދާއެކުއެވެ. ނާގާބިލުކަމުގެ ވާހަކަ ހެވީ ނުދެއްކީ ވިއްޔާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved