

ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވޯޓާ ތީމް ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން އެ ސަރަހައްދުގައި މިއަދު އިރުއޮއްސުނު ވަގުތު ހަރަކާތްތެރިވެފައިވާކަމަށެވެ.
އެމީހާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
މާލޭ ސަރަހައްދުން ގޮތް ނޭގޭ މަރުތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.