theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
‎ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮއްވާ ފެނުނީ ނޭޕާލު ޒުވާނެއް:ފުލުހުން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 އޯގަސްޓު 2025
މާލެ ސިޓީ

މި މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި ހަދަން ފަށާ ހުއްޓިފައި ހުރި ވޯޓަރ ތީމް ޕާކު ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ނޭޕާލު ޒުވާނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ހާދިސާ ހިނގި ދުވަހު ފުލުހުން ބުނީ ހުޅުމާލެ ވޯޓަރ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި އަދި އެއީ ފިރިހެނެއް ކަމަށް ފުލުހުން އެއިރު ބުނެފައިވެއެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވޭ ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކަމަށް އަންގާރަ ދުވަހު ފުލުހުން ބުނެފައިވެއެވެ. އަދި ހަށިގަނޑު އޮތީ ކުނިވެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮއްވާ ފެނުނީ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް އަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރް (29އ) ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އޭނަ މަރުވުމުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved