April 3, 2026
Advertisement
-
- / އަލްޖަޒީރާ

ރަޝިޔާގެ ވަރުގަދަ ހަމަލާއެއް ޔޫކްރެއިންއަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 30, 2025, 12:47 AM
މާލެ ސިޓީ

ރަޝިޔާއިން ދިން ޑްރޯން ހަމަލާތަކެއްގައި ޔޫކްރެއިނުން ކޮމިޝަން ކުރި ސިފައިންގެ އެންމެ ބޮޑު ކަނޑުގެ އުޅަނދު އަޑިއަށް ގޮސްފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

Advertisement

ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ސިމްފެރޯޕޯލް ނަމަކަށް ކިޔާ މި އުޅަނދު އަޑިއަށް ގޮސްފައި ވަނީ އިއްޔެ ރަޝިޔާގެ ކަނޑުގެ ސިފައިން ދިން ޑްރޯން ހަމަލާތަކެއްގައި ކަަމަށެވެ.

މި ހަމަލާއަކީ ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް އަމާޒުކޮށް ސީ ޑްރޯން އެއް ބޭނުންކޮށް ކާމިޔާބު ކުރި ފުރަތަމަ ފަހަރު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބޯޓަށް ހަމަލާ އަމާޒުވިކަން ކަށަވަރުކޮށްދީފައިވާ އިރު މި ހަމަލާގައި ފަޅުވެރިއެއް މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވެއެވެ.

ސިމްފެރޯޕޯލް އަކީ 2019 ވަނަ އަހަރު ލޯންޗްކުރި އަދި އޭގެ ދެ އަހަރު ފަހުން ޔޫކްރެއިންގެ ކަނޑުގެ އަސްކަރިއްޔާއާ ގުޅުނު ބޯޓެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved