

މެލޭޝިއާގެ ފުލުހުން ހިންގަމުން އަންނަ ތަހުގީގެއްގައި އަބްދުﷲ ބާތިން މުހައްމަދު ނަމަކަށްކިޔާ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި ދިވެހި ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން އޭނާއާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެއްސެއް (އަބްދުﷲ ބާތިން މުހައްމަދު) ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވޭ. އަދި މީނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުންވެސް ދަނީ ތަހުގީގު ކުރަމުން
މީނާގެ ގެވެށި އަނިޔާގެ މައްސަލައިގެ އިތުރުން، މީނާއަކީ މަސްތުވާތަކެއްޗާއި ރޭޕްގެ ރިކޯޑް އޮތް މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިދިޔަ ބުދަ ދުވަހު އޭނާގެ މައްޗަށް ކޯޓު އަމުރެއް ނެރެފައިވާއިރު، އިއްޔެ ހަވީރު މެލޭޝިއާ ފުލުހުން ވަނީ އެގައުމުގައި ސައިކަލުގައި ދަނިކޮށް އޭނާ ހައްޔަރުކޮށްފައެވެ.