April 3, 2026
Advertisement
-
- / އަލްޖަޒީރާ

‎އަފްޣާނިސްތާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 1, 2025, 06:49 PM
މާލެ ސިޓީ

އަފްޣާނިސްތާނަށް ޖުމްލަ 7 ބިންހެލުން ރޭ މެންދަމުން ފެށިގެން އައިސްފައިވާ ކަމަށް އެ ގައުމން ރިޕޯޓްކޮށފިއެވެ.

Advertisement

މީގެ ތެރެއިން އެންމެ ބާރު ބިންހެލުމަކީ 6.3 މެގްނިއުޓްގެ ބާރުމިނުގައި އައިސްފައިވާ ބިންހެލުމެކެވެ.

އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 160 ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ރިޕޯޓް ކުރި ނަމަވެސް، އެމެރިކާގެ ބިންހެލުންތަކާއި ސުނާމީ މޮނިޓާ ކުރާ އިދާރާއިން ބުނީ ކަނޑުގެ 8 ކިލޯމީޓަރު އަޑިން އެ ބިންހެލުން އައިސްފައިވަނީ 6.0 ގެ ބާރުމިނުގައި ކަމަށެވެ.

މި ބިންހެލުންތަކާއި ގުޅިގެން ގިނަ ގައުމުތަކަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ތަޖިކިސްތާނުގެ އިތުރުން އުޒުބަކިސްތާނެވެ. ނަމަވެސް އެގައުމަށް ބިންހެލުމާއި ގުޅިގެން ލިބުނު ގެއްލުންތަކެއް އަދި އެނގިފައެއް ނުވެއެވެ.

އަފްޣާނިސްތާނަށް އައި މި ބިންހެލުންތަކާއި ގުޅިގެން މިހާތަނަށް އެގައުމުން 10 އަށްވުރެ ގިނަ މީހުން މަރުވެ 20 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވަމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved